ދުނިޔެ

އަނެއްކާވެސް ރިޔޫނިއަން އައިލެންޑްސްގައި ހުރި ފަރުބަދަ ގޮވައިފި


ފަރަންސޭސިވިލާތުގެ ރިޔޫނިއަން އައިލެންޑްސްގައި ހުރި ފަރުބަދައެއް މިއަހަރު ދެވަނަ ފަހަރަށް ގޮވައިފިއެވެ.

މިފަހަރު މިފަރުބަދަ ގޮވި މަންޒަރު އެވަގުތު އެސަރަހައްދުގެ ކައިރީގައި ތިބި ޢާއްމުންނަށާއި، ފަރުބަދަތައް މަތީ ތިބި ޓުއަރިސްޓުންނަށް ވަނީ ފެނިފައެވެ.

މިފަރުބަދަ ގޮވި ވަގުތު 30 މީޓަރުމައްޗަށް އަލިފާން އަޅިއާއި ދުން ބުރާފައިވެއެވެ.

މިޙާދިސާގައި އެސަރަޙައްދުގައި ދިރިއުޅެމުންދިޔަ އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ފަރުބަދަ ގޮވުމާއި ގުޅިގެން އެސަރަހައްދުގައި ފަރުބަދަތަކަށް އެރުމަށް ބޭނުންކުރާ ބައެއް މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިފަރުބަދަ 12 ފަހަރަށްވުރެ ގިނަ ފަހަރު ގޮވާފައިވެއެވެ.