ކުޅިވަރު

އަންހެން ސުޕަކަޕް ބާސެލޯނާ އަށް


  • މިއީ ބާސެލޯނާ މި މުބާރާތް ކާމިޔާބު ކުރި ފަސް ވަނަ ފަހަރު

ސްޕެނިޝް އަންހެނުންގެ ސުޕަކަޕް ބާސެލޯނާ އަނެއްކާ ވެސް ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކުރީ ވާދަވެރި ރެއާލް މެޑްރިޑާ ވާދަކޮށް 2-0އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓްގައި ކަނާތު ބެކް އެސްމީ ބްރޫގްސް އެވެ. ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން އެލެޒިއާ ޕުޓެޔާސް އެވެ.

މިއީ ބާސެލޯނާއިން ވިދިވިގެން މި މުބާރާތް ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ. ބާސެލޯނާ އަތުން އެންމެ ފަހުން މި ތަށި ގެއްލުނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެތްލެޓިކޯ މެޑްރިޑެވެ. ބާސެލޯނާ އަކީ ހުސްވި ފާއިތުވެދިޔަ ފަސް ސީޒަނުގައި ވެސް ސްޕޭނުގެ އެންމެ ކާމިޔާބު ޓީމެވެ. އަދި ޔޫރަޕުގައި ވެސް އެންމެ ވިދުން ގަދަ ޓީމެވެ.

މި ގޮތުން ފާއިތުވެދިޔަ ފަސް އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބަލޮންޑޯ ހޯދީ އެ ޓީމުގެ ދެ ކުޅުންތެރިއެކެވެ. އެއީ ކެޕްޓަން ފުޓެޔާސް ދެ ފަހަރު އަދި ފާއިތުބެދިޔަ ތިން އަހަރު އައިޓާނާ ބޮންމާޓީ އެވެ. ސްޕޭނުގެ ގައުމީ ޓީމަށް ކުޅެނިކޮށް ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ. އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ މި ސީޒަނުގެ ފަހުކޮޅު އެވެ.