ދީން

ހުރިހާ ޙައްޖާޖީން އަރަފާތުބިމަށް ޖަމާވެއްޖެ


މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުންދާ، ދެ މިލިޔަން މީހުން ޢަރަފާތު ބިމަށް ޖަމާވެއްޖެއެވެ.

މީގެތެރެއިން، ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ 2000 ޙައްޖާޖީންވެސް މިވަގުތު ތިބީ މާތްވެގެންވާ އަރަފާތު ބިމުގައެވެ. ދިވެހިން ތިބި ފޭލިގެތަކުގައި ޙައްޖު ޚުތުބާ ވިދާޅުވެދެއްވާފައިވަނި، ދިވެހި ޝައިޚުންނެވެ.

މިއަދު އިރުއޮއްސެންދެން ދިވެހިން، ޢަރަފާތު ބިމުގައި ތިބުމަށްފަހު، މުޒްދަލިފާއަށް ފުރާނެއެވެ. އެއްށްފަހު މިރޭ ހޭދަކުރާނީ މުޒްދަލިފާގައެވެ. މިނާއަށް ވަންނާނީ، މާދަމާ ހެނދުނުން ފެށިގެންނެވެ. ޙައްޖާޖީން މި ޙައްޖުމަހުގެ 11، 12 13، މި ތިން ދުވަސްވަންދެން މިނާގައި ތިބޭނެއެވެ.

މިވަގުތު ޢަރަފާތު ބިމުގައި ހުރި، ޕީ.އެސް.އެމްގެ އެޑިޓަރ މުޙައްމަދު އަފްސަލް ވިދާޅުވީ، ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށާއި، ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރިނަމަވެސް، ސަޢޫދީ ސަރުކާރުން އެމީހުންވެސް ޢަރަފާތު ބިމަށް ގެނެސްދޭނެކަމަށެވެ.