މުނިފޫހިފިލުވުން

ފޮނަދުއަށް ފަންނާނުން ޖަމާވަނީ


ލ. ފޮނަދޫގައި ފާހަގަރާ ޕީއެސްއެމް ޢީދުއުފާ 1437 ގައި ޕަރފޯމްކުރާ ބައެއް ފަންނާނުން މިއަދު ފޮނަދުއަށް ހިނގައްޖެއެވެ.

މި ފަންނާނުންނަށް އިސްކަންދަރު އެއަރ ބޭސްއިން މަރުޙަބާ ވިދާޅުވީ ފޮނަދޫ ކައުންސިލާއި، ޕީއެސްއެމް ޢީދުއުފާ 1437ގައި ފޮނަދޫގައި ޙަރަކާތްތެރިވާ ޓީމްގެ މެންބަރުންނެވެ. ފޮނަދުއަށް ދިޔަ ފަންނާނުންގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދް، ވޫޑޫ ބޭންޑް އަދި ޖާދު ﷲ ގެ ގުރޫޕް ހިމެނެއެވެ. ޕީއެސްއެމް ނިއުސްއާ ވަހަކަމުން މި ފަންނާނުން ބުނީ ފޮނަދޫގައި ފާހަގަކުރާ އީދު ވަރަށް ފޯރިގަދަވާނެކަމަށެވެ. އަދި މި ޢީދަކީ މިފަހަރުގެ އެންމެ ފޯރިގަދަ އީދަށްހެދުމަށް މަސައްކަތްކުރާނެކަމަށެވެ.

މީގެ އިތުރުންވެސް ޕީއެސްއެމް އީދު އުފާ ޝޯއަށް ހަރުބީ ބޮޑުބެރު ގުރޫޕް، މޯލްޑިވިއަން އައިޑަލްއިން ވިދާލި ދެ ފަންނާނުންކަމަށްވާ އިޝާން އަދި ސޯދިގުވެސް ފޮނަދުއަށް އައުމަށް ހަމަޖެހިފައިވެއެވެ. އީދާ ގުޅިގެން އޮންނަ ސްޓޭޖް ޝޯތައް އޮންނާނީ މިމަހުގެ 12، 13، 14 މި ތިންދުވަހު ރޭގަނޑު 9 ޖަހާއިރު ޢީދު މައިދާނުގައެވެ.

img:http://s4.psmnews.mv/images/660x400/14735840222943.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ފޮނަދޫގައި- ފޮޓޯ: ޕީއެސްއެމް

ލ. ފޮނަދޫގައި ފާހަގަރާ ޕީއެސްއެމް ޢީދުއުފާ 1437 ޙަރަކާތްތައް ބައްލަވާލެއްވުމަށް ޕަބްލިކް ސަރވިސް މިޑިއާގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލު ވަނީ މިއަދު ފޮނަދުއަށް ވަޑައިގެންފައެވެ. ފޮނަދޫގައި ފާހަގަކުރާ ޕީއެސްއެމް ޢީދުއުފާ 1437ގެ ޙަރަކާތްތައް ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ގެނެސްދިނުމަށްޓަކައި ޕީއެސްއެމްގެ އިސްވެރިންގެ ތެރެއިން ބައެއް ބޭފުޅުން ގެންދަވަނީ އެރަށުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އަދި މިކަމަށްޓަކައި ޕީއެސްއެމްގެ ޓެކްނިކަލް ޓީމެއްވެސް ފޮނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޕީއެސްއެމް ޢީދު އުފާ އިންތިޒާމްކޮށް ތައްޔާރީތައް ކުރަމުން މިގެންދަނީ ފޮނަދޫ ކައުންސިލާއި ޕީއެސްއެމުން ކުރިއްސުރެ ރޭވުންތައް ރާވައި ތައްޔާރުވެގެންނެވެ. ފޮނަދޫގައި ޙަރަކާތްތެރިވާ ޕީއެސްއެމް ނިވްސްޓީމްގެ މެންބަރުން ބުނާގޮތުގައި ޢީދުއުފާ ފާހަގަކުރުމަށް އެރަށު ރައްޔިތުން އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.