ދީން

ދިވެހި ހުރިހާ ޙައްޖާޖީންވެސް މިހާރު ތިބީ މިނާގައި


ރާއްޖޭގެ ހުރިހާ ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޢަރަފާތަށް ދިޔުމުގެ ކުރިން މިނައާށް ޖަމާވެއްޖެއެވެ.

tw:https://twitter.com/Hajjcorporation/status/774610625393811456

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުރިހާ ޙައްޖާޖީން މިހާރު ތިބީ މިނާގައި ކަމަށާއި، ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލު ރަނގަޅުކަމުގައެވެ. މިނާގައި ތިބުމަށްފަހު ދިވެހި ޙައްޖާޖީން މިރޭ ދަންވަރުން ފެށިގެން  ޢަރަފާތަށް ދާން ދަތުރު ފަށާނެކަމަށް ޚަބަރުލިބެއެވެ.

tw:https://twitter.com/Hajjcorporation/status/774549307450064896

ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކި ފިޔަވަޅުތައް އަޅާފައިވާއިރު، ހައްޖާޖީންގެ އަތުގައި އެ މީހަކާބެހޭ ހުރިހާ މަޢުލޫމާތެއް އެކުލެވޭ ކިއު.އާރު ކޯޑެއް ޖަހާފައިވާ ބޭންޑެއް އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން 2000 މީހުން މިއަހަރު ޙައްޖަށްގޮސްފައިވެއެވެ.