ޚަބަރު

އުތުރުކޮރެޔާއިން ބާރުގަދަ ނިއުކްލިއަރ ޓެސްޓެއްކޮށްފި


އުތުރުކޮރެޔާއިން މިހާތަނަށް ކުރި އެންމެ ބާރުގަދަ ނިއުކްލިއަރ ޓެސްޓް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައިވާކަމަށް އެޤައުމުން ބުނެފިއެވެ.

އުތުރުކޮރެޔާގެ ޤައުމީ ޓީވީ ކޭއާރުޓީއިން ބުނިގޮތުގައި މިއީ އެޤައުމުން ބެލިސްޓިކް މިސައިލެއްގައި ނިއުކްލިއަރ ވޯހެޑެއް ހަރުކޮށްގެން ކާމިޔާބުކަމާއެކު ކުރި ފުރަތަމަ ޓެސްޓެވެ. އަދި މިޓެސްޓްގެ ސަބަބުން ތިމާވެށްޓަށް އެއްވެސް ނޭދެވޭ އަސަރެއްކޮށްފައި ނުވާކަމަށް ކޭއާރުޓީއިން ބުނެއެވެ. 

ނިއުކްލިއަރ ޓެސްޓްގެ ސަބަބުން 5.3 މެގްނިޓިއުޑްގެ ބާރުމިނުގެ ގުޑުމެއް އައިސްފައިވާކަން ރިކޯޑް ކުރެވިފައިވާކަމަށް ޔޫ.އެސް ޖިއޮލޮޖިކަލް ސާރވޭއާއި ވިލާތުގެ ކަމާބެހޭ އިދާރާތަކުން ތަކުން ވަނީ ބުނެފައެވެ. ޗައިނާއިންވެސް ވަނީ މިފަދަ ގުޑުންތަކެއް އަރާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ދެކުނުކޮރެޔާގެ ރައީސް ޕާކް ގުން ހައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ގޮންޖަހައި އުތުރުކޮރެޔާއިން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމުގައެވެ. އުތުރުކޮރެޔާއިން ކުރި 4 ވަނަ ނިއުކްލިއަ ޓެސްޓް ކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ. މިޓެސްޓަށްފަހު އދ. އިން ވަނީ އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. ނަމަވެސް އެ ޓެސްޓަށްފަހުވެސް އެޤައުމުން ވަނީ ގިނަ މިސައިލް ޓެސްޓްތަކެއް ކުރިޔަށް ގެންގޮސްފައެވެ.