ވިޔަފާރި

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަރވިސް އޮފީސް


ތާޒާ ފެން އުފައްދާ ކުންފުނި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަރވިސް އޮފީސް ރަސްމީގޮތުން ހުޅުވައިފިއެވެ. އެކުންފުނީގެ އައު ކަސްޓަމަރ ސަރވިސް އޮފީސް ހުންނަނި ފެންބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގައެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަޔވިސް އޮފީސް ފަރުމާ ކުރެވިފައިވަނީ އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތްދެވޭގޮތަށް، އަދި ތާޒާ ފެން ގަންނަން ބޭނުންވާ ފަރާތްތަކަށް، މި އޮފީހުން ތާޒާފެން ގަންނަން ލިބެން ހުންނާނެ ކަމަށާއި ތާޒާ ފެން ގެންގޮސްދިނުމަށް އޯޑަރކުރުމުގެ ޚިދުމަތްވެސް މި ކަސްޓަމަރ ސަރވިސް އޮފީހުން ލިބޭނެ ކަމަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސުން ހާމަކުރެއެވެ. img:http://s3.psmnews.mv/images/660x400/14732805926824.jpg|އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަރވިސް އޮފީސް ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އައު ކަސްޓަމަރ ސަރވިސް އޮފީސް ހުޅުއްވައިދެއްވީ، އެމް.ޑަބްލިއޫ.އެސް.ސީ ގެ ޗެއާރޕާސަން އަޙްމަދު ނާޞިރާއި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ޗެއަރޕާސަން މަޢުސޫމާ ޔޫސުފްއެވެ.

ކަސްޓަމަރ ސަރވިސް އޮފީސް އޮފީހާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝިފާޤު ވިދާޅުވީ ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތްތައް މި އޮފީސް މެދުވެރިކޮށް އިތުރަށް ފުޅާވެ ފަސޭހަކަމާއެކު ފެން ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މިފަދަ އޮފީސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވުމަށް ރާއްވަވާފައިވާ ކަމަށާއި، އެގޮތުން ހުޅުމާލޭގައި ސޭލްސް ސެންޓަރއެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ އެމްޑަބްލައުއެސްސީގެ ސަބްސިޑަރީ ކުންފުންޏެކެވެ.