ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން ސާފުގެ ރެފްރީޒް އެސުސަރ ކޯހުގައި ދިވެހި ހަތަރު ރެފްރީ އަކު ހަރަކާތްތެރިވާން ފަށައިފި އެވެ.
މި ކޯހުގައި ކިޔަވާދޭ އެއް އިންސްޓަކްޓަރަކީ ރާއްޖޭގެ ތަޖުރިބާކާރު ރެފްރީޒް އިސްޓަކްޓަރު މުހައްމަދު އަމީޒެވެ. އޭނާ އަކީ ކުރިން ރާއްޖޭގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރެފްރީންގެ ކަންކަން ބެލެހެއްޓެވި އެންމެ އިސް ފަރާތެވެ. އަމީޒް ވަނީ ކުރިން އޭއެފްސީގައި ވެސް މަސައްކަތް ކޮށްފަ އެވެ.
އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށް ދޭ މި ކޯހުގައި ކިޔަވާ ރާއްޖޭގެ ތިން ރެފްރީންނަކީ ކުރީގެ މަޝްހޫރު ތިން ރެފްރީންނެވެ. އެއީ އަހުމަދު އަމީޒާއި އިސްމާއީލް އިޒްހާން އާއި އަހުމަދު އަނިލް އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)އާ ގުޅިގެން ހިންގާ މި ކޯހުގައި ރާއްޖޭގެ އިތުރުން ލަންކާ އާއި އިންޑިޔާ އާއި ބޫޓާން އަދި ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ބަނގްލަދޭޝްގެ ރެފްރީޒް އެސެސަރުން ވެސް ބައިވެރިވި އެވެ. އަދި ކޯހުގައި ކިޔަވާ ދެއްވަން ފީފާގެ އިންސްޓަކްޓަރަކު ވެސް ވަނީ ލަންކާ އަށް ގޮސްފަ އެވެ.
މި ކޯސް ފައްޓަވައި ދެއްވީ ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަސްވަރު އުމަރެވެ.