ކުޅިވަރު

ނިއު އަށް ސްޕޭނުގެ ޓެކްނިކަލް ޑައިރެކްޓަރެއް


ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސްޕޭނުގެ ޓެކްނިކަލް ޑައިރެކްޓަރެއް ގެނެސްފި އެވެ.

އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި އައު ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާ އަކީ އެ ކުލަބުގެ ފުޓްބޯޅަ ޓީމުތައް އެނަލައިޒްކޮށް ފުޓްބޯޅަ ކުރިއަރުވަން ލަފާދީ ހެދުން ކަމަށެވެ.

އައި ޓެކްނިކަލް ޑައިރެކްޓަރަކީ ސްޕޭނުގެ ފްރޭންސިސްކޯ މެނުއަލް ކައިންޒޯސް އެވެ. އޭނާ މިހާރު ވަނީ މާލެ އައިސް ނިއުއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭނާ ތައާރަފްކޮށް އެގްރީމަންޓް ދައްކާލީ ނިއުގެ ޗެއާމަން އަހުމަދު މުބީނާއި ވައިސް ޗެއާމަން އަދި އެފްއޭއެމުގެ އެއް ވައިސް ޗެއާމަން ކަމަށްވާ ވެމްކޯގެ އިސް ވެރިއެއް ކަމަށްވާ މުޖުތަބާ އެވެ.

ނިއު އަށް ޓެކްނިކަލް ޑައިރެކްޓަރެއް ގެނެސްފައިވާއިރު އެ ކުލަބުގެ ކޯޗަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު އަލީ ސުޒޭނެވެ. އޭނާގެ ކޯޗުކަމުގައި ނިއު މިވަގުތު އޮތީ ދިރާގު ދިވެހި ލީގުގެ ތާވަލުގެ ހަތަރުވަނާގަ އެވެ.