ތަޢުލީމު

ލައިބްރަރީ ފޮތް ބޭނުންކުރާނެ ގޮތް އޮކްސްފަރޑުން ދަސްކޮށްދެނީ


އެޑިއުކޭޝަން މިނިސްޓްރީއާއި އޮކްސްފަރޑްޔުނިވާސިޓީއާއި ގުޅިގެން ލައިބްރަރީ ފޮތްތައް ބޭނުންކުރާނެ ގޮތާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފައްޓަވައިފިއެވެ.

ދެ ދުވަހުގެ މި މަސައްކަތުބައްދަލުވުމުގައި 40 ސްކޫލެއްގެ ޕްރައިމަރީޓީޗަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ އޮކްސްފަރޑްޔުނިވަރސިޓީ ޕްރެސްއިން ސްކޫލްތަކުގެ ލައިބްރަރީ ތަކާ ހަވާލުކޮށްފައިވާ ފޮތްތައްއެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވަނީ އޮކްސްފަރޑް ޔުނިވަރސިޓީގެ ބޭފުޅުންނެވެ.

img:http://s2.psmnews.mv/images/660x400/14730761973863.jpg|އެޑިއުކޭޝަން މިނިސްޓްރީއާއި އޮކްސްފަރޑް ޔުނިވާސިޓީ ގުޅިގެން ފެށި ތަމްރީން ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް

މި ތަމްރީމް ޕްރޮގްރާމަށްފަހު މިޕްރޮގްރާމްގެ ބައިވެރިން އަތޮޅު ތެރޭގެ ސްކޫލްތަކުގައި މި ތަމްރީމް ޕްރޮގްރާމްހިންގަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވަސީލަތް ހަމަ މަޤްބޫލް ސްކޫލްތައްއުފެއްދުމަށާއި ސްކޫލްތަކުގެ ދަރިވަރުން ފޮތް ކިޔުމަށް އަހުލުވެރިކުރުވުމާއިދަރިވަރުންގެ ބަހުގެ ފެންވަރު މަތިކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޮކްސްފަރޑްޔުނިވަރސިޓީއާއި އެކު މިއަހަރުގެ މާރޗް މަހު ސޮއިކުރައްވާފައެވެ. 3 އަހަރު ދުވަހުގެ މި އެއްބަސްވުމަކީ 9.5 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢެއްކަމަށްއެޑިއުކޭޝަންމިނިސްޓްރީން ވިދާޅުވެއެވެ.