ޚަބަރު

ޝަމްއާން ބަންދުން ދޫކޮށްލައިފި


  • ޝަމްއާން ދޫކޮށްލީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާތީ

  • ބަންދުން ދޫކޮށްލިނަމަވެސް ޝަމްއާންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

ޝަމްޢާން ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ ޝަމްއާން ދޫކޮށްލުމަށް އެދުނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީކަމަށެވެ. ނަމަވެސް ޝަމްޢާން ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުއެވެ.

ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކޮށް ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކުރީ މަރޗްމަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.