ކުޅިވަރު

42 ވަނަ ޗެސް އޮލިމްޕިއާޑް އަޒަރްބައިޖާންގައި ފަށްޓައިފި


190 ޤައުމު ބައިވެރިވި ސާޅީސް ދެވަނަ ޗެސްއޮލިމްޕިއާޑް އަޒަރްބައިޖާންގައި ފަށްޓައިފިއެވެ. 

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ޗެސް އޮލިމްޕިއާޑަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން ބައިވެރިވާ ރާޒުވާގެ އެންމެ ބޮޑު މުބާރާތެވެ. މިފަހަރުގެ މުބާރާތް އަޒަރްބައިޖާންގައިފަށްޓަވައި ދެއްވީ އެޤައުމުގެ ރައީސް އިލްހާމް ޢަލިއްޔުވުއެވެ. މީގެއިތުރުން އަޒަރްބައިޖާންގެ ކުޅިވަރާބެހޭ ވަޒީރުވެސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިބެރިވެ ވަޑައިގެންނެވިއެވެ. 

މިފަހަރުގެ ޗެސްއޮލިމްޕިއާޑްގައި ދިވެހި ޤައުމީ ޓީމްގެ 9 ކުޅުންތެރިއަކު ވާދަކުރާނެއެވެ. ޗެސްއޮލިމްޕިއާޑްގެ އޯޕަން ބައިގައި ސަތޭކަ އަށްޑިހަ އެއްޓީމް ވާދަކުރާނެއެވެ. އަދި އަންހެންބައިގައި ސަތޭކަ ސާޅީސް ދެ ޓީމް ވާދަކުރާނެއެވެ. އަޒަރްބައިޖާންގެ ބަކޫގައި ހުންނަ ކްރިސްޓަލް ހޯލްގައި ކުރިޔަށްދާ މިމުބާރާތުގައި ޖުމްލަ އެގާރަ ރައުންޑްކުޅުމަށްވަނީ ހަމަޖެހިފައެވެ. ޗެސް އޮލިމްޕިއާޑް ކުރިޔަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.