ޚަބަރު

މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެ ރަނގަޅު ޓްރެކް ރެކޯޑް


ދައުލަތުން ރައްޔިތުންނަށް ލިބިދޭންޖެހޭ މަޢުލޫމާތު ދެއްވުމުގައި އެންމެ ރަގަނޅު ޓްރެކްރިކޯޑެއް އޮތް ޤައުމަކީ، ދިވެހިރާއްޖެކަމަށްރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދުނިހާން ޙުސައިން މަނިކުވިދާޅުވެއްޖެއެވެ.

އާސަންދައޮފީހުން ހިންގެވި އަހުލު ޕްރޮފްރާމްގެ ފުރަތަމަ މަސައްކަތު ބައްދަލުވުންނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ، ޤާނޫނެއްހަދާ ނިންމުމަކުން އެ ޤާނޫނުން ވާނެ ގޮތެއް އަދި ރައްޔިތުންނަށް ނޭންގިހިނގައިދާނެކަމަށާއި އެންމެ ކުރީގެ ތާރީޚްތަކުންވެސް އެކަން ސާފުވެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ޤާނޫނުތަކާއިސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމަށްޓަކައިޤާނޫނުން ލާޒިމްކުރައްވައިގެން ތަފާތު މުއައްސަސާތައް އުފައްދަވާފައިވާކަން ނިހާނުފާހަގަކުރެއްވިއެވެ. އަދި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގަވާ ހުރިހާ މަޝްރޫޢުތަކެއްގެމަޢުލޫމާތު ރައްޔިތުންނާހަމައަށް ފޯރުކޮށްދެވޭނެފަދަ ޤާނޫނުތައް ރާއްޖޭގައި ހައްދަވާފައިހުރިކަން ނިހާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަން އެބައޮތް ޕަބްލިކް ސަރވިސްމީޑިއާ ޕީއެސްއެމް އަކީ އަޅުގަނޑުމެން ޤާނޫނުން ވުޖޫދުކޮށް ޤާނޫނުންއުފައްދާފައިވާ ޓެލެވިޒަނެއް. އެއާއެކުގައި އަޑު ފޮނުވައިދޭ ރޭޑިއޯ. މިދެމުވައްސަސާގެ މައްޗަށް ޤާނޫނު ލާޒިމް އެބަކުރޭ ޤާނޫނު ހަދާ މަޖިލީހުން ނިންނާ މުޙިންމުޤާނޫނުތަކާއި އަދި ސަރުކާރުން ގެޒެޓް ކުރެވޭ އަދި ސަރުކާރުން ފައްޓަވައިގެންކުރިޔަށްގެންދާ ހަރަކާތްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތު ހުއްޓުމެއްނެތި އެހެންދުރު ހިސާބުތަކުގައި ތިއްބެވި ރައްޔިތުންނާ ހަމައަށް ޓީވީ އަދި ރޯޑިއޯމެދުވެރިކޮށް ގެންގޮސްދިނުން" ނިހާން ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ ޤާނޫނުތައްފީޒްކުރެއްވުމުގެ ގޮތުން ޕީއެސްއެމްގެ ޗެނަލްތަކުން ކުރައްވާ މަސައްކަތްނިހާނު ފާހަގަކުރެއްވިއެވެ.