މިމަހުގެ މިހާތަނަށް ސްކޭމް ކޮށްގެން އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 1 އިން 14 ވަނަ ދުވަހާ ދެމެދު ސްކޭމްގެ 98 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކުގައި 1،429،651،5 ރުފިޔާ ފޭރިގަނެފައިވާއިރު، އޭގެ ތެރެއިން 281،461.80 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އީ-ކޮމާސް: 32 މައްސަލަ
ފިޝިންގ ލިންކް ބޭނުން ކޮށްގެން: 11 މައްސަލަ
ކަރަންސީ އެކްސްޗޭންޖު: 10 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 28 މައްސަލަ
އެހެނިހެން: 28 މައްސަލަ
ފޯނު ކޯލް
އައިބޭ
އޮންލައިން މެސެޖިން މަންސަތައް
ފިޝިން ލިންކް
ފޭސްބުކް މާކެޓްޕްލޭސް
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެއްވަމުންނެވެ.
އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.
މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.