ދުބާއީގައި ބޭއްވި އޭޝިއަން ޔޫތް ޕެރަ ގޭމްސް 2025 ގައި ފެތުމުން ރާއްޖެގެ މުހައްމަދު ރިޒްހާން ލޯ މެޑަލް ހޯދައިފިއެވެ.
ރިޒްހާން ލޯ މެޑަލް ހޯދީ 12-16 އަހަރާއި ދެމެދުގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. މި ބައިގެ ތިން ވަނަ ހޯދި ރިޒްހާންގެ ކާމިޔާބީ ފާހަގަ ކުރައްވާ ކުޅިވަރު ވަޒީރު އަބްދުالله ރާފިޢު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.
މިބައިން ރަން މެޑަލް ހޯދީ އީރާންގެ ސެޕަންތާ ނަވީޑީއެވެ. ރިހި މެޑަލް ހޯދީ ތައިލޭންޑްގެ މޮންޓްރީ ސްވަންޗައިއެވެ.