ވިޔަފާރި

ގިނަ ބެންކުތަކަކަށް ހެކަރުން ދަނީ ޙަމަލާދެމުން- ސްވިފްޓް


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ބެންކުތަކަށް ހެކަރުންގެ ފަރާތުން ސައިބަރ ހަމަލާތަކެއް ދެމުންގެންދާތީ، އެކަމަށް ސަމާލުވުމަށް އަންގައިފިއެވެ. 

ދުނިޔޭގެ ބެންކުތައް ގުޅުވައިދޭ މެސެޖިންގ ނެޓްވޯކް "ސްވިފްޓް" އިން ބުނީ ހެކަރުން އިތުރު ބެންކުތަކަކަށް ހަމަލާތަކެއް ދޭން އުޅޭކަމަށާއި، އެހެންކަމުން ސެކިއުރިޓީ ވަރުގަދަކުރުމަށް އެތަންތަނަށް އަންގަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ބެންކުތަކެއްކަމެއް ސްވިފްޓުން ހާމަކޮށްފައެއްނުވެއެވެ. 

img:http://s2.psmnews.mv/images/660x400/14727160799400.jpg|ހެކަރުންގެ ޙަމަލާ އަމާޒުވި ވިއެޓްނާމްގެ ބެންކް

ސްވިފްޓުން އިންޒާރުދީފައި މިވަނީ ބަންގްލަދޭޝް، ވިއެޓްނާމް، ފިލިޕީންސް އަދި އެކުއެޑޯގެ ބެންކުތަކަކަށް ސައިބަރ ޙަމަލާތަކެއް ދީފައިވަނިކޮށެވެ. ސައިބަރ ސެކިއުރިޓީއާބެހޭ ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މިއީ އުތުރު ކޮރެޔާއާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުން ހިނގާ އަމަލެކެވެ.