ކުޅިވަރު

ފުލުހުން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއަށް ވަދެއްޖެ


ފުލުހުން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާ އަށް ވަދެއްޖެ އެވެ.

މިއީ އާޖެންޓީނާގެ ފުޓްބޯޅަ އިދާރާ އާއި އެ ގައުމުގެ ކުލަބުތަކުން މަނީލޯންޑަރިން ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގައި ހިންގާ ތަހުގީގުގައި ކުރި ކަމެކެވެ. އެ ގައުމުގެ ފެޑަރަލް ކޯޓުގެ ފަނޑިޔާރު އެންގެވީ ފުޓްބޯޅަ އިދާރާއާއެކު އެ ގައުމުގެ 10 ކުލަބަކަށް ވުރެ ގިނަ ކުލަބުތަކުގެ ތަހުގީގު ހިންގުމަށެވެ.

އާޖެންޓީނާގެ ފެޑަރަލް ފުލުހުން، ފުޓްބޯޅަ އިދާރާގެ އިތުރުން އެ ގައުމުގެ 10 ކުލަބެއްގެ މުއާމަލާތްތައް ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ އެންމެ ބޮޑެތި ކުލަބުތައް ވެސް ހިމެނެ އެވެ. މިއީ ކުލަބުތަކާއި ސުރް ފައިނޭންޝަލް ސާވިސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގައި ވަރަށް ބޮޑަށް ކޮރަޕްޝަން އެކުލެވޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހުގީގެކެވެ. މިއީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެ ގައުމުގެ ގިނަ ކުލަބުގެ ސްޕޮންސަރެކެވެ.

މިކަމާ ގުޅިގެން އެންމެ ފަހުގެ ދުނިޔާގެ ޗެމްޕިއަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އަނެއްކާ ވެސް މައްސަލަތައް ދިމާވާނެ ކަމަށްވެ އެވެ.