ޖަޕާނާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އައު ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޙްމަދު މަހްލޫފައް އަރުވާފައިވަނީ މިއަދުއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޚްލޫފް ވިދާޅުވީ، ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރަކަށް ހަމަޖެއްސެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. މި ފުރުޞަތު ދެއްވައި، އިތުބާރުކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވަނީ ޝުކުރު ދަންނަވާކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގައި ޖަޕާނާއި ރާއްޖެއާދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދޭނެ ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
I am honored to be appointed as the Maldives Ambassador to Japan today. I sincerely thank H.E. President @MMuizzu for placing his trust in me and granting me this opportunity to serve in a different capacity.
— Ahmed Mahloof (@AhmedMahloof) December 4, 2025
My appreciation to the Members of Parliament from PNC, MDP, MDA & JP… pic.twitter.com/sFcwMBq5HT
މި އަހަރަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ރަސްމީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރޭ އަހަރެވެ. މި ދިގު މުއްދަތުގެ ތެރޭގައި، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އަބަދުވެސް ގާތް އެކުވެރިއެއްގެ ގޮތުގައި ދެމި އޮތް ޤައުމެއްގެ ގޮތުގައި މަޚްލޫފް ވަނީ ސިފަކުރައްވާފައެވެ.
ޖަޕާނުގައި ދިރިއުޅޭ، ޖަޕާނަށް ދަތުރުކުރާ، ނުވަތަ ޖަޕާނާ ގުޅުންހުރި އެހީއަކަށް ބޭނުންވާ ކޮންމެ ދިވެއްސަކުވެސް، ކޮންމެ ވަގުތެއްގައިވެސް ގުޅުއްވުމަށް ނުވަތަ އެދިލެއްވުމަށް ފަސްނުޖެހުމަށް ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އަޙްމަދު މަޚްލޫފް ވަނީ އެދިލައްވާފައެވެ.