ކުޅިވަރު

ނެޓްބޯޅަ ޓީމާއެކު މިނިސްޓަރ އައިޝަތު ޝިހާމް އަދި ރޮޒެއިނާ


ޓްރެއިނިންގ ވިތް ޗެމްޕިއަންސް މިނިސްޓަރ އައިޝަތު ޝިހާމް ފުރިހަމަ ކުރައްވައިފިއެވެ. ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމްއާއެކު އެޑިޢުކޭޝަންމިނިސްޓާރ އައިޝަތު ޝިހާމް މިތަމްރީންތަށް ފުރިހަމަ ކުރައްވާފައިވަނީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.

 އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީއަހުމަދު މަރުޒޫޤު ފެށި މި ޗެލެންޖަކީ ރާއްޖޭގެ އެތުލީޓުންނާއެކު ރާއްޖޭގެމަޝްހޫރު ފަރާތްތަކުން އެއްދުވަހު ތަމްރީން ހެދުމަށް ހުޅުވާލި ފުރުސަތެކެވެ. ގައުމީނެޓްބޯޅަ ޓީމްގެ ބައެއް ކުޅުންތެރިންނާއެކު އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ތަމްރީން ފުރިހަމަކޮށްފައިވާއިރު، ނެޓްބޯޅަ ޓީމާއެކު މިނިސްޓަރ ވަނީ ބައެއް ކަހަލަ ކަސްރަތުތަކާ، އަދި ބައެއް ކަހަލަ ނެޓްބޯޅަ ސްކިލްތަށްވެސް ފުރިހަމަކޮށްފައެވެ. މިފަރިތަކުރުންތަށް ނިންމާލުމަށްފަހު ޕީއެސްއެމްއާ ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އަބަދުވެސް ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޓީމްތަށް ހޯދާ ކާމިޔާބީތަކަކީ މުޅި ގައުމު އެކަމަށް ފަހުރުވެރިވާ ކަމެއް ކަމަށްވެސް މިނިސްޓަރ އައިޝަތު ޝިހާމްވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14726152576737.jpg|ގައުމީ ނެޓްބޯޅަ ޓީމްއާއެކު މިނިސްޓަރ އައިޝަތު ޝިހާމް ތަމްރީން ކުރަނީ (ފޮޓޯ:ޕީއެސްއެމް-ވަހީދު)

" ކުޅިވަރު ތަރައްގީ ކުރުމަށް މިސަރުކާރުންވަރަށް އިސްކަމެއް ދޭ. ރައީސުލްޖުމްހުރިޔާ އަބްދުﷲ ޔާމީންވެސް މިވަނީމިތަންރީންތަށް ފުރިހަމަކޮށްފަ. އަޅުގަނޑު އަބަދުވެސް ގަބޫލް ކުރަން ކުޅިވަރުއެސޯސިއޭޝަންތަކަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަންތަންކަން. އަދި ވަރަށްގިނަ އިރު މަސައްކަތް ކުރައްވާ، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ބޭފުޅުންއުޅުއްވާ ތަންތަންކަން، އެހެންކަމުން އެބޭފުޅުންގެ އަގުވަޒަން ކުރުމަކީ ވަރަށްމުހިއްމުކަމެއް. އަދި ރާއްޖޭގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު ކުޅެލުމުގެފުރުސަތު ލިބުމަކީ ޚުދު އަޅުގަނޑަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް" މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރގެ އިތުރުން އައްޑޫ މީދޫދާއިރާގެ މަޖްލިސް މެންބާރ ރޮޒެއިނާ އާދަމްވެސް ވަނީ ރޭ ގައުމީ ނެޓްބޯޅަޓީމްއާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ. މެންބާރ ރޮޒެއިނާވެސްވަނީ ގައުމީ ނެޓްބޯޅަ ޓީމްގެ ބައެއް ކުޅުންތެރިންނާއެކު ފަރިތަކުރުތަށްކުރިއަށްގެންގޮސް އެކުދިންނާއެކު ނެޓްބޯޅަ ކުޅެފައެވެ. މިފަރިތަކުރުންތަށްނިންމާލުމަށްފަހު، ރޮޒެއިނާ ޕީއެސްއެމްއާ ވާހަކަދައްކަމުން ވިދާޅުވީ ނެޓްބޯޅައަކީއަބަދުވެސް ވަރަށް ޝަޢުގުވެރިވާ ކުޅިވަރެއްކަމަށާ މިފުރުސަތު ލިބުމުން ވީހާވެސް އަވަހަކަށް ގަބޫލް ކުރެއްވި ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14726151156844.jpg|ގައުމީ ނެޓްބޯޅަ ޓީމްއާއެކު މެންބަރު ރޮޒެއިނާ އާދަމް ތަމްރީން ކުރައްވަނީ (ފޮޓޯ:ޕީއެސްއެމް-ވަހީދު)

"ފަރިތަކުރުންތަށް ކުރިއަށްދިޔަ ގޮތް ވަރަށް ރަނގަޅު. މިކުދިންނާ ވާހަކަދެއްކުމުން އެނގެނީ ގައުމީ ޓީމް ފަރިތަކުރުމަށް ބޭނުންވާވަރަށް ވަގުތު ނުލިބެނީ، ތަނާ ވަސީލަތްތަށްވެސް މަދުކަމުންކަން. ވަސީލަތްތަށް މަދުވުމަކީ މީގެ ކުރިންވެސް ދިމާވާ މައްސަލެއް، ސްކޫލްތަކަށްވެސް މިމައްސަލަ ދިމާވޭ. މިކަމުގެ ސަބަބުން ސްކޫލް މުބާރާތްތަށްވެސް އެންމެ އެކަށީގެންވާ ވަރަށްކުރިއަށް ނުގެންދެވޭތަން އެބައާދޭ" ރޮޒޭނާ ވިދާޅުވިއެވެ.

ޓްރެއިނިންގ ވިތް ޗެމްޕިއަންސްގެ ދަށުން ރައީސުލްޖުމްހުއްރިއްޔާ އަބްދުﷲ ޔާމީންވަނީ ރައްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަންސާއިދުއާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންދަވާފައެވެ.  އޮލިމްޕިކްކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު ފެށި މި ޗެލެންޖް ސަރުކާރުގެއެންމެ މަތީ އިސްވެރިންނާ މަޖްލިސް މެންބަރުންނާ، ކުންފުނިތަކުގެ އިސްވެރިންވެސް މިހާރު ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.