ކުޅިވަރު

ރަން މެޑަލް ހޯދިއިރު ބޭނުން ކުރި ބޫޓް ރައީސްއަށް އަރުވައިފި


ރަންމެޑަލް ހޯދިއިރު ބޭނުން ކުރި ބޫޓް ހަސަަން ސާޢިދު، ރައީސުލް ޖުމްހުރިއްޔާ އަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އަރުވައިފިއެވެ.

މިދިޔަ އަހަރު ރީޔޫނިއަންގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު ރަން މެޑަން ހޯދާފައިވަނީ 100 މީޓަރު ދުވުމުންނެވެ. ސާއިދު މިއަދު މިބޫޓް ރައީސް ޔާމީނަށް ވެދުމަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ސާއިދު ރައީސްއަށް ބޫޓް ހަވާލްކުރުމުގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގްވަނީ ރައީސް އަބްދު ﷲ ޔާމީން ކުޅިވަރަށާއި އެތުލީޓުން ކުރާ މަސައްކަތް ބަލައިގަނެ އަދި ކުޅިވަރަށް ދެއްވާ ހާއްސަ ސަމާލުކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމަނިކުފާނަށްވަނީ އޮލިމްޕިކް ކޮމެޓީގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއްވެސް އަރުވާފައެވެ. img:http://s4.psmnews.mv/images/660x400/14725392351175.jpg|ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު ބޭނުން ކުރި ބޫޓް ރައީސް ޔާމީނަށް އެރުވުން - ފޮޓޯ: ތޮލާލް

އެތްލެޓިކްސް އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި ރައީސް އަބްދު ﷲ ޔާމީނަށް މި ތާރީހީ ބޫޓް އެރުވުމަކީ ސާއިދުގެ ނިންމުމެއް ކަމަށާއި، އަދި މި ތާރީހީ ބޫޓު އޮންނަން ޖެހި ވަޑައިގަންނަވަނީ ޤައުމުގެ އެންމެ އިސްވެރިޔާ އަތްޕުޅުގައި ކަމަށް ފެންނާތީ ކަމަށް ސާއިދު ނިންމާފައިވާކަމަށްވެސް އެތްލެޓިކްސް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.

ސާއިދު ވަނީ ނިގެންދިޔަ ރިއޯ އޮލިމްޕިކްސްގައި ވާދަކޮށް 100 މީޓަރު ދުވުމުގެ ޕްލިމިނަރީ ބުރުގައި ދުވެ ހީޓްގެ 1 ވަނަ ހޯދާ، ފުރަތަމަ ބުރަށް ދަތުރުކޮށްފައެވެ. އަދި މިއީ ރާއްޖޭގެ އެތްލީީޓަކު އޮލިމްޕިކްސް ދުވެ ހީޓްއަކުން 1 ވަނަ ހޯދި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.