ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ޗެންޕިއަން މަހިބަދޫއަށް


ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މަހިބަދޫ ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. މަހިބަދޫ މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ރޭ ކުޅެވުނު ފައިނަލް މެޗްގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 54 ޕޮއިންޓް 46 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މަހިބަދު ސްޕޯޓްސް ކުލަބްގެ އާމިނަތު ރީޝާއެވެ. މިމުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކުލަބް ރިވަލްސާއެވެ. މިމުބާރާތުގެ ގުރޫޕް ސްޓޭޖްގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗްވެސް 49 ޕޮއިންޓް 43 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްފައިވަނީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 2 ގުރޫޕްއަކަށް ބަހާލައިގެން، ކޮންމެ ގުރޫޕްއަކުންވެސް ދެ ޓީމް ސެމީއަށް ދާ ގޮތަށެވެ. ފައިނަލަށް ޓީމްތަށް ހޮވިފައިވަނީ ތިން ސެމީ ކުޅުމަށްފަހުއެވެ.