ކުޅިވަރު

ފުވައްމުލަކުގައި ޖޫނިއާ ފުޓްބޯޅަ މުބާރާތް ހޯދަޑު ކައުންސިލަށް


ފުވައްމުލަކުގައި ކުރިއަށްދިޔަ ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދަޑު ކައުންސިލްގެ ޓީމުން ހޯދައިފިއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެންޕިއަންކަން ހޯދަނޑު ކައުންސިލްގެ ޓީމް ހޯދާފައިވަނީ ފައިނަލްގައި އެފްސީ ދަނޑިމަގުގެ ޓީމްއާ ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަނދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖެހި ހަމައެކަނި ލަނޑު ހޯދަނޑު ކައުންސިލްގެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯދަނޑު ކައުންސިލްގެ ހުސައިން ޝަރީފް މުހައްމަދުއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ހުސެއިން ޝަރީފްއެވެ.

img:http://s2.psmnews.mv/images/660x400/14723976446062.jpg|ފުވައްމުލކަުގައި ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް

 މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ހޯދަޑު އެފްސީގެ ނިފާހް އަލީއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކީ އަޝްރަފް އަބްދުﷲއެވެ. ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިގުވާޑު އެފްސީގެ މޫސާ އަޒީމް ހަސަންއެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އެފްސީ ދޫޑި ގަލާނޯއެވެ.