ދުނިޔެ

ސާކް ސަމިޓް ބާއްވާނެ ތާރީޚް އިޢުލާންކޮށްފި


ދެކުނު އޭޝިޔާގެ އެއްބާރުލުމުގެ ޙަރަކާތް، ސާކުގެ 19 ވަނަ ސަމިޓް ބާއްވާނީ އަންނަ ނޮވެމްބަރުމަހުގެ 9 އިން 10 އަކަށްކަމަށް އިޢުލާންކޮށްފިއެވެ. 

19 ވަނަ ސާކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުން ސަމިޓްގެ ތާރީޚް އިޢުލާންކުރެއްވުމާއެކު، ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ އިސްލާމް އާބާދު ސަމިޓަށް މެންބަރު ޤައުމުގެ އެންމެ އެންމެ އިސްވެރިންނަށް ދަޢުވަތު އަރުއްވާފައެވެ. މިކަން ބަޔާންކުރައްވާފައިވަނީ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ. މިސަމިޓަށް މެމްބަރު ގައުމުތަކުގެ ޕާކިސްތާންގެ ފޮރިން އޮފީހުން ބުނީ މެމްބަރު ޤައުމުތަކުގެ ލީޑަރުންގެ އިތުރުން ސާކުގެ ނުވަ އޮބްޒާރވަރުންނަށްވެސް ބައްދަލުވުމަށް ދައުވަތުދީފައިވާކަމަށެވެ. އަދި ނަވާރަވަނަ ސަމިޓަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ވާންޖެހޭ ތައްޔާރީތައް އިސްލާމްއާބާދުން ވަމުން އަންނަކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. 

img:http://s1.psmnews.mv/images/660x400/14602938833606.jpg|2014 ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި ސާކް ސަމިޓުގެ ތެރޭގައި ރައީސް ޔާމިން، އިންޑިޔާގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފައިލް ފޮޓޯ: ރައީސް އޮފީސް

ފޮރިން ސެކްރެޓަރީ އައިޒާޒް އަޙްމަދު ޗައުދްރީ އާދީއްތަ ދުވަހު ވަނީ ސާކުސަމިޓާބެހޭ ޚައްޞް ސެލްއެއް ޚާރިޖީ ވުޒާރާގައި ހުޅުވާދެއްވާފައެވެ. މިސެލްގެ ވެރިޔަކަށް ހުންނަވާނީ ޕާކިސްތާންގެ ފަރާތުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާ ދެން ޙަވާލުވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އެމްބެސެޑަރ އަމްޖަދް ސަޔާލް. ސާރކް މެމްބަރު ޤައުމުތަކަކީ އަފްއާނިސްތާން، ބަންގްލާދޭޝް، ބޫޓާން އިންޑިޔާ ނޭޕާލް ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއެވެ.