މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން މިދައުރުގެ ތެރޭގައި 50 މަޝްރޫޢެއްގެ މަސައްކަތް ނިންމައި 219 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 124 ރަށެއްގައި ޢުމްރާނީ ތަރައްޤީގެ 219 މަޝްރޫޢެއްގެ މަސައްކަތް އެކުންފުނިން އަންނަނި ކުރަމުންނެވެ.
މި ނިމުނު ދެއަހަރުތެރޭގައި އެމްޓީސީސީން އެންމެ ގިނައިން ކޮށްފައިވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތަކެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަަރުތެރޭގައިވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި ބަނަދރު ހެދުމުގެ 10 މަޝްރޫޢެއްގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ނިންމާލާފައެވެ.
* ބަނދަރު ހެދުމުގެ 10 މަޝްރޫޢު
* ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢު
* އެއަރޕޯޓް ހެދުމުގެ 3 މަޝްރޫޢު
* ކޮންސަލްޓެންސީ 2 މަޝްރޫޢު
* ފުޓްބޯޅަ /ފުޓްސަލް ދަނޑު ހެދުން: 4 މަޝްރޫޢު
* ޖެޓީ ހެދުން: 2 މަޝްރޫޢު
* އައުޓްޑޯ ޖިމް ހެދުން: 1 މަޝްރޫޢު
* ޕޯޓް ހެދުން: 1 މަޝްރޫޢު
* މަގު ހެދުން: 4 މަޝްރޫޢު
* ސަރވޭ އަދި ސްޓްރަކްޗަރަލް އެސެސްމެންޓް 1 މަޝްރޫޢު
* ޕޮލިސް ޕޯސްްޓް: 1 މަޝްރޫޢު
* އިމާރާތްތައް: 3 މަޝްރޫޢު
* އެހެނިހެން: 4 މަޝްރޫޢު
Over the past two years, MTCC's resilient workforce has continued to proudly deliver results that matter; with 50 projects completed and physical works ongoing on 219 projects.
— MTCC Plc (@MTCCPlc) November 19, 2025
With active projects across every atoll and 124 islands, we remain committed to building stronger,… pic.twitter.com/0ejcQnwFB0
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.
އަދި މިހާރުވެސް އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.