ކުޅިވަރު

ޚާއްސަ ފުޓުބޯޅަ މެޗްގެ މެހެމާނެއްގެ ގޮތުން ޒަވީ މާލެ އަތުވެއްޖެ


ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ މާލެ އަތުވެއްޖެއެވެ. ޒަވީ މާލެ އައިސްފައިމިވަނީ 2008 ވަނަ އަހަރު ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާއި ގުޅިގެން އެކާމިޔާބީއަށް 8 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މާދަމާ ރޭ ބާއްވާ ޚާއްސަކޮށް ފުޓްބޯޅަ މެޗަށެވެ. އެފްއޭމްއިން މަޢުލުމާތު ދިންގޮތުގައި ސާފް ޗެންޕިއަންޝިޕް ހޯދި ޓީމްއާ މިހާރު ޤައުމީ ޓީމް ކުޅޭ މި ޚާއްސަ މެޗްގައި ޒަވީ ބައިވެރިވާނީ މެހެމާން އެއްގެ ގޮތުންނެވެ. ޒަވީގެ އިތުރުން އާޖެންޓީނާގެ ކުރީގެ ޑިފެންޑަރ އަޔާލާވެސް މިމެޗްގައި ބައިވެރިވުމަށްޓަކައި މިހާރުވަނީ މާލެއައިސްފައެވެ.

މިހާރު ގަތަރުގެ އަލް ސާދަށް ކުޅޭ ޒަވީ ރާއްޖެ އައީ ގަތަރުގެ ވެރިރަށް ދޯހާ އިންނެވެ. ޒަވީ ރާއްޖެ އައުމުން އޭނާއަށް މަރުޙަބާ ކިޔާފައިވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި އެފްއޭއެމްގެ އިސްވެރިންނެވެ. ޒަވީ އެއާޕޯޓުން ސީދާ ދިޔައީ އޭނާ ހުރުމަށް ހަމަޖެހިފައިވާ ޖުމެއިރާ ވިޓަވެއްލި ރިޒޯޓަށެވެ. ދެން ޒަވީ މާލެ އަންނާނީ މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޚާއްސަ މެޗަށެވެ.