ޚަބަރު

ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ


  • ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުން

  • މި ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުން

ހުޅުމާލޭގެ ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެގެން ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވިދާޅުވެފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.