ޚަބަރު

ހިތަދޫ ޢުމަރު ފާރޫގު މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅުއަޅާނެ: ވަޒީރު ޝަހީމް


  • އެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި

  • މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 17:40 ގައި

އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ތަޙްޤީގުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް ގެއްލުންދީފައި ހުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގީ މަސްޖިދުލް ޢުމަރުލް ފާރޫގު މިސްކިތުގައެވެ. އަދި މިސްކިތުގެ އެތެރޭގައި ހުރި ގޮނޑިތައް އުކައި މުޞްޙަފުތަކަށް ފެން އަޅާފައި ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ.