ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި އިރާނުން ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
އިރާން އާއި ވާދަކުރި ދިވެހި ޓީމުގައި ހިމެނުނީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި އަހްޔަރް އަހުމަދު ހާލިދެވެ.
ޓީމު އިވެންޓުގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި މުންސިފާއި ޝައްފާންގެ ޕެއާއިން ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. މިިގޮތުން މިމެޗުގައި ފުރަތަމަ ގޭމް އިރާން އިން ފަސޭހަކަމާއެކު ކާމިޔާބުކުރިނަމަވެސް ޖެހިގެން އައި ދެ ގޭމްވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށްނެވެ. އެއީ 11-4، 14-12 އަދި 13-11 އިންނެވެ.
ޓީމު އިވެންޓުގައި ދެވަނައަށް ކުޅުނު ސިންގަލްސް މެޗުގައި އަހްޔަރް އަހުމަދު ހާލިދު ވާދަކުރީ އިރާންގެ ސައީދު އާމިރު ހުސެއިންއާއެވެ. މިމެޗު ސައީދު އާމިރު ކާމިޔާބުކުރީ 11-4، 11-5، 11-5 ނެވެ.
ތިން ވަނަ މެޗުގައި މުހައްމަދު ޝައްފާން ބައްދަލުކުރީ އިރާންގެ ސައީދު މުހައްމަދާއެވެ. މިމެޗުގެ ފުރަތަމަ 2 ގޭމް ކާމިޔާބުކޮށް އިރާނުން މެޗު ކާމިޔާބުކުރީ 8-0ގެ ނަތީޖާއަކުންނެވެ.
ޓީމު އިވެންޓުގައި ދިވެހިރާއްޖޭގެ އަންހެން ޓީމުގެ މެޗެއްވެސް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.