މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފަންނު ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭގެ ސިޑިގޮޅިއަށް ވެއްޓި ނިޔާވެފައިވަނީ 47 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިރުއޮއްސި 6:29 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ސިޑިގޮޅިއަށް ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ، އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.