ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމުގެ ސިޔާސަތު "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން ފާހަގަކުރުމަށް ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަކީ މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހަވީރެކެވެ.
ހުޅުމާލެ ސެންޓްރަކް ޕާކުގައި ކުރިއަށްގެންދިޔަ މި ހަވީރު ކުރިއަށް ގެންގޮސްފައިމިވަނީ ހުޅުމާލޭ ސްކޫލްތަކާއި ސީއެޗްސީ ގުޅިގެންނެވެ. އެގޮތުން ހަވީރުގައި އެކި އުމުރުފުރާގެ ކުދިންނަށް ޚާއްސަކޮށްގެން ތަފާތު ސްޓޯލްތައް ބަހައްޓާފައިވެއެވެ. ޚާއްސަކޮށް "ޖެނެރޭޝަނަލް ބޭން"އާއި ދުންފަތުގެ އިސްތިއުމާލު ކުރުމާބެހޭ ގޮތުން މައުލޫމާތުތައް ހިއްސާކުރުމާއި، އެކި ކުޅިވަރުތަކާއި ކާބޯތަކެތީގެ ސްޓޯލްތައްވެސް ހުއްޓެވެ.
މި ހަވީރާ ގުޅޭގޮތުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއީ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެއްކަމަށާއި، ޒުވާނުންނާއި ހެދިބޮޑުވަމުން އަންނަ ކުދިން ދުންފަތުން ސަލާމަތްކުރުމަށް ދުޅަހެޔޮ ޖީލެއްބިނާކުރުމުގެ ވަރަށް ބޮޑު އަޒުމެއް މިކަމުގެ ސަބަބުން އާކުރެވިގެން ދިޔަކަމަށެވެ. އަދި މިފަދަ ކަމެއް ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހަވީރުގައި ބައިވެރިވި އެކި އުމުރުފުރާތަކުގެ މީހުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ވަނީ ސަރުކާރުން ނިންމެވި ނިންމެވުމަކީ މުހިންމު ނިންމެވުމެއް ކަން ފާހަގަކޮށް، މި ކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ވަރަށް ބޮޑު ހެޔޮބަދަލެއް އަންނާނެ ކަމަށް ގަބޫލުކުކުރެވޭކަމަށް ވިދާުވެފައެވެއެވެ.
ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސްކޫލްތަކުގެ އެއްބާރުލުމާއި އެކު ބޭއްވި ކުޑަކުދިންގެ ހަވީރަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި ސަރުކާރުގެ މި ނިންމެވުމަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުވެސް ކުރަމުންނެވެ.