ދުނިޔެ

ޒިކާގެ އަސަރުކޮށްފައިވާ އިތުރު 5 މީހަކު މަޔާމީއިން ފެނިއްޖެ


މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޒިކާގެ އަސަރުކޮށްފައިވާ އިތުރު ފަސް މީހަކު އެމެރިކާގެ މަޔާމީއިން ފެނިއްޖެއެވެ.

މި 5 މީހުންވެސް ފެނިފައިވަނީ، ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަޔާމީ ބީޗް ސަރަހައްދުންނެވެ.

ޒިކާ ވައިރަސް އާ ގުޅުންހުރިކަމަށް ތަހްލީލް ތަކުން ހާމަވެފައިވާ މައިކްރޯ ސެފަލީ ބައްޔަކީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ބޮލަށް އައިބު ކަމެއް ގެނުވާ ބައްޔެކެވެ. އެހެންކަމުން ޞިއްޙީ އިދާރާ ތަކުންވަނީ، މާބަނޑު އަންހެނުން އެ ސަރަހައްދަށް ދިއުން މަނާކޮށްފައެވެ.

މި ވައިރަސްގެ އަސަރު އެންމެ ފުރަތަމަ ފެނިފައިވަނީ މަޔާމީގެ ވިންވުޑް ސަރަޙައްދުންނެވެ. ނަމަވެސް، އިތުރު ބައެއްގެ ހަށިގަނޑުން މި ވައިރަސްގެ އަސަރު ފެނުމާއިއެކު، މަޔާމީގެ ޞިއްޙަތާއި ބެހޭ އިދާރާތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. މީގެ ތެރޭގައި، މަދިރިއާއި އެހެނިހެން ސޫފާސޫތްޕަށް ފޮގްކުރުން އަދި ބޭސް ޖެހުން ހިމެނެއެވެ.

ފްލޮރިޑާއިން މި ވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު މިވަނީ 36އަށް އަރާފައެވެ.