ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގްގެ 3 ވަނަ ބުރު މާދަމާ ފަށަނީ


އުރީދޫ ދިވެހި ޕްރިމިއާރ ލީގްގެ 3ވަނަ ބުރު ޓީސީއާ ޔުނައިޓަޑް ވިކްޓްރީ މެޗުން ފެށުމަށް އެފްއޭމްއިން ނިންމައިފިއެވެ. 

ލީގުގެ 3ވަނަ ބުރުގެ ތާވަލް ނެރިފައިވާއިރު، ތިންވަނަ ބުރުގެ މެޗްތަށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. ފުރަތަމަ މެޗްގައި ޓީސީ ސްޕޯޓްސް ކުލަބާ ޔުނައިޓަޑް ވިކްޓްރީ ވާދަކުރުމަށް ހަމަޖެހިފައިވާއިރު، 2ވަނަ މެޗްގައި ވާދަކުރާނީ ކުލަބް އީގަލްސްއާ ބީޖީ ސްޕޯޓްސް ކުލަބެވެ. މިމަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ 3ވަނަ ބުރުގެ 3ވަނަ މެޗްގައި ވާދަކުރާނީ މާޒިޔާއާ ނިއު ރޭޓިއަންޑް ސްޕޯޓްސް ކުލަބެވެ. އަދި މިބުރުގެ 4ވަނަ މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުލަބް ވެލެންސިޔާއާ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. 3 ބުރު ކުޅުމަށް ހަމަޖެހިފައިވާ އުރީދު ދިވެހި ޕްރިމިއާރ ލީގްގެ 3ވަނަ ބުރުގެ އެންމެ ފަހު މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރ މަހުގެ 22 ދުވަހުއެވެ. އެދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ޓީސީއާ ކުލަބް ވެލެންސިޔާ އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ މަޒިޔާއާ ކުލަބް އީގަލްސްއެވެ.

img:http://s4.psmnews.mv/images/660x400/14720135528089.jpg|އުރީދޫ ދިވެހި ޕްރިމިއާރ ލީގް (ފޮޓޯ" ޕީއެސްއެމް)

ލީގުގެ ދެވަނަ ބުރު ނިމިފައިވާއިރު، ތާވަލްގެ އެއްވަނާގައި 31 ޕޮއިންޓްއާއެކު މިވަގުތު އޮތީ މާޒިޔާއެވެ. 2ވަނާގައިވާ އިގަލްސްއަށް 27 ޕޮއިންޓް ލިބިފައިވާއިރު، 3ވަނާގައިވާ ޓީސީއަށް 24 ޕޮއިންޓް ލިބިފައިވޭ، އަދި ތާވަލްގެ 4ވަނާގައި ކުލަބް ވެލެންސިޔާ އޮތީ 19 ޕޮއިންޓްއާއެކުއެވެ. ތާވަލްގެ އެންމެ ފުލުގައި މިވަގުތުއޮތީ 7 ޕޮއިންޓްއާއެކު ބީޖީ ސްޕޯޓްސް ކުލަބް. ލީގު ޗެމްޕިއަންއަށް މިއަންނަ އަހަރުގެ އޭއެފްސީ ކަޕުންވެސް ފުރުސަތު ލިބިގެންދާނެއެވެ.