ޚަބަރު

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 2 މީހަކަށް ފަރުވާދެނީ


  • އަނިޔާ ވެފައި ވަނީ ދިވެހި 2 އަންހެނަކަށް

  • އެ ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ހޯމަ ދުވަހުގެ ރޭގަނޑު 10:17 އެހާކަންހާއިރު ސިނަމާލެ ބްރިޖު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދިވެހި 2 އަންހެނުންނަށް އަނިޠާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކާރު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެެވެ.