ޚަބަރު

އޭޝިއަންޔޫތު ގޭމްސް: އިކުރާމާއި ޝަރަފްގެ ޕެއާއަށް ރަނގަޅު ތަޖުރިބާތަކަކާއެކު ބޮޑުއުންމީދެއް


ބަހްރެއިންގެމަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ހޯދުނީ މުހިއްމުތަޖުރިބާއެއް ކަމަށާއި، އޭޝިއާ ފެންވަރުގެ ގޭމްސްއެއްގައި ހޯދުނު ނަތީޖާއަށް ހިތްހަމަޖެހޭ ކަމަށް ގައުމީ ޒުވާން ފިރިހެން ބީޗް ވޮލީ ޕެއާއިން ބުނެފިއެވެ.

ޔޫތުގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓްގައި ރާއްޖޭގެ މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދާއި އަބްދުﷲ ޝަރަފް އަލީ ވާދަކުރީ ގްރޫޕް ބީގައެވެ.

ގްރޫޕްގައި ރާއްޖޭގެ ޕެއާއިން ފުރަތަމަ ކުޅުނު މެޗުގައި ގަތަރު ކައިރިންވެސް ސެޓެއް ގެންގޮސް، ދެންކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިންވެސް ސެޓެއް ގެންދިޔައެވެ. އޭގެ އިތުރުންމިއަދު ބަހްރެއިން ކައިރިންވެސް ސެޓެއް ގެންގޮސް، ރަނގަޅު ވާދައެއްކޮށްފައިވެއެވެ.

މިމެޗުގައި ބަހްރެއިނުން 2-1 ސެޓުން ކުރި ހޯދި ނަމަވެސް، ޝަރަފާއި އިކުރާމް ރަނގަޅުވާދައެއް ކުރިއެވެ. ބަހްރެއިންގެ ކައްރާރް ޔައުގޫބާއި ހުސައިން ވަރްގާ ކައިރިން ރާއްޖޭގެ ޕެއާ ވަނީ 21-19 އިންފުރަތަމަ ސެޓު ގެންގޮސްފައެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓު ބަހްރެއިނުންގެންދިޔައީ 21-12 އަދި 15-7 އިންނެވެ.

މެޗަށްފަހުރާއްޖޭ ޕެއާ ކަމަށް ޝަރަފާއި އިކުރާމް ބުނީ މި ފެންވަރުގެ ގޭމްސްއެއްގައިވާދަކޮށްލައިގެން ކުޅުން އެއީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، އިތުރު ފަރިތަކުރުންތަކާއި ބުރަ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި އޭޝިއާ ފެންވަރުގެ މެޗުތަކުންމޮޅުވުމުގެ އުންމީދު ލިބިއްޖެ ކަމަށެވެ.

ހާއްސަކޮށް ބުރަ މަސައްކަތާއެކު އޭޝިއާގައުމުތަކާ އަރާ ހަމަކުރެވޭނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ދެކުޅުންތެރިންވެސް ފާހަގަކުރިއެވެ.