ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީންގެ ބައްޕަ އިބްރާހިމް ރަޝީދު ނިޔާވެއްޖެއެވެ.
ނ. ވެލިދޫ އަމަން، އިބްރާހިމް ރަޝީދު ނިޔާވީ 5 އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުކަމަށް ޢާއިލާގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. ރަޝީދު ވަނީ ވަރަށް ގިނަ ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގައި ޚިދުމަތްކުރައްވާފައެވެ. އޭގެ ފަހުން އަމިއްލަ ވިޔަފާރިވެސް ކުރެއްވިއެވެ. ނިޔަވާއިރު، ޢުމުރަކީ 70 އަހަރެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީންގެ ބައްޕަ އިބްރާހިމް ރަޝީދު ނިޔާވުމާއި ގުޅިގެން، އާއިލާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ޕީއެސްއެމްގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އާޢިލާއަށް ތައުޒިޔާ ފޮނުވަމެވެ.
އިބްރާހިމް ރަޝީދުގެ ކަށު ނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.