ކުޅިވަރު

ކޮމްޕެނީ ބަޔާންގެ ކޮންޓްރެކްޓް އައުކޮށްފި


ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮންޕެނީ އޭނާގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

މެންޗެސްޓާ ސިޓީގެ ލެޖެންޑް ކޯޗިން ކެރިއަރުގައި ފުރަތަމަ ވެސް ހަވާލުވި ބޮޑު ޓީމަކީ ޖަރުމަނުގެ ޗެމްޕިއަން ޓީމެވެ. އޭނާ އެ ކުލަބާއެކު ހެދި ކޮންޓްރެކްޓް ނިމެން އޮތީ 2027 ވަނަ އަހަރަށެވެ. ނަމަވެސް އައު ކޮންޓްރެކްޓާއެކު ބަޔާނުގައި އޭނާ 2029 ވަނަ އަހަރާ ހަމައަށް ދެމި ހުންނާނެއެވެ.

ކޮމްޕެނީ އަކީ 2013 ވަނަ އަހަރަށް ފަހު ބަޔާންގެ ކޮންޓްރެކްޓް އާކުރި ފުރަތަމަ ކޯޗެވެ. ޕެޕް ގާޑިއޯލާ އެ ޓީމާއެކު ހެދި ކޮންޓްރެކްޓް ނިންމާފައި ހަވާލުވީ މެންޗެސްޓާ ސިޓީއާއެވެ. އޭގެ ފަހުން ބަޔާންއާ ހަވާލުވި ކޮންމެ ކޯޗަކަށް ވެސް ޖެހުނީ ކޮންޓްރެކްޓްގެ މެދުތެރެއިން ނުވަތަ އެގްރީމަންޓް ހަވަލުވުމުގެ ކުރިން ނަތީޖާ ރަނގަޅު ނުކުރެވުމުން ކުލަބާ ވަކިވާށެވެ.

ކޮމްޕެނީގެ ކޮންޓްރެކްޓް ބަޔާނުން އާ ކުރީ ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބު ކޮށްދިނުމާއެކު އޭނާގެ ކޯޗުކަމުގައި މައްސަލަތަކެއް ނެތި ކުލަބު ކާމިޔާބު ހޯދަމުންދާތީއެވެ.