ޚަބަރު

ކެންގަރޫ ކިޑްސްގެ ދަރިވަރުންގެ އާރޓްގެ މައުރަޒެއް ފަށައިފި


ކެންގަރޫ ކިޑްސްގެ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކާލާ މައުރަޒެއް މިއަދު ފަށައިފިއެވެ.

މި މައުރަޒު ކުރިޔަށް ރޭވިފައިވާ ގޮތް ޕީ.އެސް.އެމާއި ޙިއްސާ ކުރައްވަމުން ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހްމީނާ ވިދާޅުވީ، "އާޓްސް އެގްޒިބިޝަން"ގެ ނަމުގައި އާޓް ގެލަރީގައި މިއަދު ހެދުނު ފެށި މި މައުރަޒުގައި އެސްކޫލްގެ 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކުރެހުންތައް ދައްކާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި އޮއިލް ޕެއިންޓިންގް އާއި، ފުޑް އާޓާއި، ފެންކުލަ އާއި ފަންސުރު ކުލަ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކާއި ޑިޒަންތައް ދައްކާލާނޭ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14718619898591.jpg|ކެންގަރޫ ކިޑްސްގެ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމްނިއުސް

2 އަހަރާއި 5 އަހަރުގެ އުމުރުފުރާގެ ކުދިންގެ ކުރެހުންތައް މި މައުރަޒުގައި ދައްކާލާއިރު، މި މައުރަޒު މިއަދު ހަވީރު 6 ޖަހަންދެން އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި ކުރެހުންތައް ބެލެނިވެރިންނަށް 25 ރުފިޔާއަށް ގަނެވޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އަދި ބެލެނިވެރިން ނުގަންނަނަމަ އާއްމު ފަރާތްތަކަށް މި ކުރެހުންތައް ގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14718620161584.jpg|ކެންގަރޫ ކިޑްސްގެ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމްނިއުސް

އަދި ކުރެހުންތައް ވިއްކައިގެން ލިބޭ ފައިސާ ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބަލަހައްޓަމުން ގެންދަވާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރުމަށް އެސްކޫލުން ނިންމާފައިވާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14718620062404.jpg|ކެންގަރޫ ކިޑްސްގެ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމްނިއުސް

ކެންގަރޫ ކިޑްސް އާޓް އެގްޒިބިޝަނަކީ އެ ސްކޫލް ދަރިވަރުންގެ ކުރެހުމުގެ ހުނަރާއި އަދި ޑިޒައިން ކުރުމަށް ޝައްޤުވެރިވާ ކުދިންނަށް، އެފުރުޞަތު ފަހިކޮށް ދެއްވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މައުރަޒެއް ކަމަށް އެސްކޫލުން މަޢުލޫމާތުދެއެވެ.