ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ


  • ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ކަނޑު ގަދަ

  • މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށެވެ. މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި މިގޮތަށް އަންގާރަ ދުވާހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަަމަށެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.