ރިއޯ އޮލިމްޕިކްސްގެ އަންހެން ވޮލީގެ ރަން މެޑަލް ޗައިނާއިން ހޯދައިފިއެވެ.
ޗައިނާއިން މިބައިގެ ރަން މެޑަލް ހޯދާފައިވަނީ ފައިނަލްގައި ސަރބިއާގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރި ސަރބިއާއިންނެވެ. މިސެޓް ސާބިއާއިން ގެންދިޔަ19-25 ންނެވެ. ފުރަތަމަ ސެޓް ސަރބިއާއިން ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓްވެސް ކާމިޔާބުކޮށް ރަނަ މެޑަލް ޗައިނާ ކަށަވަރުކުރިއެވެ. މެޗްގެ ޖެހިގެން އައި 3 ސެޓް ޗައިނާއިން ގެންދިޔައީ 17-25، 22-25 އަދި ފަ23-25ންނެވެ.
img:http://s4.psmnews.mv/images/660x400/14717750759497.jpg|
މިމުބާރާތުގެ ފައިނަލަށް ޗައިނާ ދަތުރުކޮށްފައިވަނީ ކުއާޓަރ ފައިނަލްގައި ބެރެޒިލް ބަލިކޮށް އަދި ސެމީގައި ނެދަލެންޑް ބަލިކޮށްގެންނެވެ.
އަންހެން ވޮލީގެ ބްރޯންޒް މެޑަލް ހޯދާފައިވަނީ އެމެރިކާއިންނެވެ. 2012 ވަނަ އަހަރު އެމެރިކާވަނީ މިބައިގެ ސިލްވާ މެޑަލް ހޯދާފައެވެ.