ޚަބަރު

ޑިފެންސް މިނިސްޓަރ ރ އަދި ޅ އަތޮޅަށް ކުރި ދަތުރުފުޅު ނިންމަވާލުން


ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ރ އަދި ޅ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ރ އަތޮޅުގެ ދެރަށަކަށް ވަޑައިގެންފައެވެ. މިނިސްޓަރ އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ރ އަތޮޅު އިނގުރައިދޫއަށެވެ. އެ ރަށަށް ވަޑައިގެން އެރަށުގެ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ، ރަށުގެ ޙާލަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14717069068099.jpg|ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިން ސްކޫލަށްވެސް ޑިފެންސް މިނިސްޓަރގެ ދަތުރުފުޅުގައި ޒިޔާރަތްކުރައްވާފައިވޭ - ފޮޓޯ: ޕީއެސްއެމް ނިއުސް

މީގެއިތުރުން ކޯސްޓްގާރޑްގެ ތަމްރީން ތަކުގައި ބޭނުން ކުރުމަށް ބަންނަމުންދާ 5 ރިޔަލު ދޯނީގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދައް ވަޑައިގެން، އެ މަސައްކަތް ކުރިޔަށް ދާގޮތް މިނިސްޓަރ ބައްލަވާލައްވާފައިވެއެވެ. މިފަދަ ދޯނިތަކެއް ބޭނުން ކުރައްވައިގެން ކިޔަވައިދެއްވުމުގެ ބޭނުމަކީ ކަނޑުގެ ވެށީގެ ބާރުތައް ދެނެގެނެ، އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށް، އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެމް.އެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ދޯނިތައް މިއަހަރުގެ ނޮވެމްބަރ 11ގައި ބަނދެ ނިމޭނެ ކަމަށް އެމް.އެންޑީއެފުން ވިދާޅުވެއެވެ. ރ އިނގުރައިދޫގެ އިތުރުން މިނިސްޓަރގެ މިދަތުރުފުޅުގައި ރ އަތޮޅު ފައިނަށާއި ޅ އަތޮޅު މާފިލާފުށްޓަށްވެސް ވަޑައިގެންފައިވެއެވެ. އަދި އެރަށުގައި ހުރި ކޮމްޕޮސިޓް ޓްރެއިނިން ސްކޫލަށް ވަޑައިގެން، އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.