ޚަބަރު

ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ މީހުންގެ ހާލަތު ދަނީ މޮނިޓަރކުރަމުން: ޕޮލިސް


  • އެ މަޢުލޫމާތުތައް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަންސް ރައިޓްސް ކޮމިޝަނަށް ހިއްސާކޮށްފައިވޭ

ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަތީ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން މޮނިޓަކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަތީ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން މޮނިޓަރ ކުރަމުން ދިޔުމުގެ އިތުރަށް އެ މަޢުލޫމާތުތައް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަންސް ރައިޓްސް ކޮމިޝަނަށް ހިއްސާކޮށްފައިވާކަމަށެވެ. އަދި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ތިބި މީހުން މިހާރު ކާން ފަށާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ،

އެނގިފައިވާގޮތުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރީ އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންއެވެ.