ޚަބަރު

އދ. އޮމަދޫ ބައެއްގެ ގޮތުގައި އަތޮޅުގެ 3 ފަޅެއް ކަނޑައަޅުއްވައިފި


އަރިއަތޮޅު ދެކުނުބުރީގެ 3 ފަޅެއް އެއަތޮޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ އެއަތޮޅު ކުޑަދޫފަޅާއި، އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ.

މިފަޅުތައް އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ.

އދ. ކުޑަދޫފަޅާއި، އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފޅު އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.