ކުޅިވަރު

ޕީއެސްޖީ މެޗުގެ ފެވަރިޓުންނަކީ ބާސެލޯނާ: ފްލިކް


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމަށް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

ސްޕެއިންގެ ޗެމްޕިއަނުންނަކީ މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ޕީއެސްޖީ އަލަށް ތަށި މިދިޔަ ސީޒަނުގަ އެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ވެސް މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ފްލިކް ބުނީ އެއީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ.

"ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ އޭނާގެ ހުރިހާ މޮޅު ކުޅުންތެރިން މެޗުގައި ކުޅެން. އެކަމަކު އަނިޔާ އަކީ ފުޓްބޯޅައިގެ ބައެއް. އަހަރުމެން ޖެހޭނީ އެކަމަށް ތައްޔާރުވެގެން ތިބެން،" ކޯޗު ބުންޏެވެ.

ޕީއެސްޖީގެ ކޯޗަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ލުއިސް އެންރީކޭ އެވެ. ފްލިކް ބުނީ އެންރީކޭ އަކީ އޭނާ ވަރަށް ގަޔާވާ ކޯޗެއް ކަމަށާއި ދެ ޓީމުގެ ވެސް އަނިޔާގެ މައްސަލަ ބޮޑު ވަގުތެއްގައި މި މެޗު ކުޅެން ޖެހުމަކީ މިފަދަ މެޗެއް ކުޅެން އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ ކަމަށެވެ.

އޭނާ އަދި ބުނީ މެޗުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމުގައި ވަނީ ދެ ޓީމުގެ ކާމިޔާބީ އާއި ތާރީހަށް ބުރެވެ ކަމަށެވެ. މިހެންވެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަމައަށް އެއްވާނެއްގައި ބާސެލޯނާގެ އަމިއްލަ ގޭމް ކުޅެން ޖެހޭނެ ކަމަށެވެ.

"ސަބަބަކީ ޕީއެސްޖީ އަކީ ބޯޅަ ބޭނުންވާ ޓީމެއް. އަހަރުމެން ވެސް ބޯޅައާއެކު ގިނަ ވަގުތު ތިބެން ބޭނުންވަނީ. މިހެންވީމާ މި މެޗުގައި ބާސެލޯނާގެ އަސްލު ސްޓައިލްގައި ކުޅެންޖެހޭ. އަހަރުމެންނަކީ މި މެޗުގެ ފެބްރިޓުން. އަހަރުމެންނަކީ ބާސެލޯނާ. އަހަރުމެން އެންމެ ވަގުތެއް ވެސް ބޭކާރު ނުކޮށް މޮޅުވާން ކުޅެން ޖެހޭ. މިއީ ޗެމްޕިއަންސް ލީގު. މިއީ އަހަރުމެން ކާމިޔާބު ކުރަން ބޭނުންވާ މުބާރާތެއް. އެކަމަކު މިއީ ދިގު ދަތުރެއް،" ކޯޗު ބުންޏެވެ.

ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުގައި އިޓަލީގެ އިންޓަމިލާން އަތުންނެވެ.