ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ދޫނިދޫގައި ނައްތާލާފައިވަނީ 92 މައްސަލައެއްގައި ހިމެނޭ ބަނގުރަލާއި 10 އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާކަމަށެވެ. މިގޮތުން ނައްތާލާފައިވަނީ އެކި ބްރޭންޑްތަކުގެ 386 ފުޅި ބަނގުރަލާއި 140 ބިޔަރު ދަޅާއި ބަނގުރާހުރި 3 ހަމާއި އެހެނިހެން 310 އައިޓަމްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.