ކުޅިވަރު

އެންމެ މޮޅު ކީޕަރުންނަކީ ޑޮންނަރޫމާ އާއި ހަމްޓަން


ދުނިޔޭގެ އެންމެ މޮޅު ކީޕަރުންނަށް ގޯލްކީޕަރުންނަށް އިނގިރޭސި ކީޕަރު ހަމްޓަން އާއި އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ޑޮންނަރޫމާ ހޮވައިފި އެވެ.

ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި މި އެވޯޑް މި ދެ ކުޅުންތެރިންނާ ހަވާލުކޮށްދިނީ އިޓަލީގެ މަޝްހޫރު ކީޕަރު ޖިއާން ލުއިޖީ ބުފަން އާއި އިނގިރޭސި ކުރީގެ ގައުމީ ކީޕަރެވެ.

ހުސްވި ޖޫން މަހު ބޭއްވި ޔޫރޯ އިނގިރޭސިންނަށް ކާމިޔާބުކޮށްދޭން މުހިންމު ދައުރެއް އަދާ ކުރި ހަމްޓަންއާ މި އެވޯޑަށް ވާދަ ކުރީ ކަޓްރީން ބާގާ އާއި ސްޕޭނާއި ބާސެލޯނާގެ ކީޕަރު ކަޓަލީކާ ކޯލް އާއި ޕީއެސްޖީގެ ޗިމަނާ އާސެނަލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޑަފްނޭ ވޭން އެވެ.

އުމުރުން 23ގެ ހަމްޓަން ވަނީ ޗެލްސީގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޕީއެސްޖީއާ މައްސަލަ ޖެހިގެން މި ސީޒަން ފެށުމާއެކު މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޑޮންނަރޫމާ ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފަ އެވެ. އެއީ ފްރާންސް ލީގާއި ފްރެންޗް ކަޕުގެ އިތުރުން ފުރަތަމަ ފަހަރަށް ޕީއެސްޖީ ހޯދި ޗެމްޕިއަންސް ލީގެވެ. މިއާއެކު އެ ކުލަބުގެ ތާރީހުން ޖާގަ ހޯދައި އޭނާ ވަނީ ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް އެ ޓީމު ގެންގޮސްދީފަ އެވެ.

ޑޮންނަރޫމާއާ އެންމެ ގާތުން މި އެވޯޑަށް ވާދަ ކުރީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި އިންޓަ މިލާނުގެ ކީޕަރު ޔެން ސޯމާ އާއި އައްނަސްރުގެ މޮރޮކޯ ކީޕަރު ޔާސީން ބޫނޯ އާއި ރެއާލް މެޑްރިޑްގެ ތިބައޫ ކޯޓުއާ އެވެ.

ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާގެ ޓްރޮފީ ހާސިލް ކުރީ އާސެނަލްގެ ފޯވަޑް ޔޯކެރެޝް އާއި ބާސެލޯނާގެ އެވާ ޕަޔޯ އެވެ.