ދީން

ރާއްޖެއިން ޙައްޖަށް ފުރި ފުރަތަމަ ގްރޫޕަށް މައްކާއަށް ދެވިއްޖެ


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް، މައްކާއަށް ގޮސް، ޢުމުރާގެ އަޅުކަން ފަށައިފިއެވެ. img:http://s2.psmnews.mv/images/660x400/14713434157901.jpg|ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ގްރޫޕް މައްކާގައި - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ރާއްޖެއިން މިއަހަރު ޙައްޖަށްދާ  2000 މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް ރޭ ވަނީ ރާއްޖެއިން ފުރާފައެވެ. އެއީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ، 222 ޙައްޖާޖީންނާއި ޒަޢީ ޤްރޫޕްގެ އެޑްވާންސް ޓީމެވެ.

ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ކޯޕަރޭޓް އެފެއަޒް، އިބްރާހީމް ރަމީޒް ވިދާޅުވީ، މައްކާގައި މިހާރު ތިބި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށާއި، މައްކާގެ މިވަގުތުގެ ފިނި ހޫނުމިން ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. img:http://s4.psmnews.mv/images/660x400/14713432560530.jpg|ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ގްރޫޕް މައްކާގައި - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަވާފައިވެއެވެ. ޙާއްޖާޖީން އެއަރޕޯޓަށް ދިއުމަށްޓަކައި ޙައްޖު ޖަމާޢަތްތަކުން ކަނޑައަޅާފައިވާ ގަޑިތަކަށް ޖަމާވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއވެެ. އަދި އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފެރީގައި ކޮންމެ ޙައްޖާޖީއަކާއެކު 3 މީހަކަށް ހިލޭ ދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. img:http://s4.psmnews.mv/images/660x400/14713427776288.jpg|ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ ގްރޫޕް މައްކާގައި - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާއިރު 5 ޖަމާއަތެއްގެ ޙަވާލުގައިވެސް 1000 މީހުން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ. ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު 2000 ކޯޓާ ސަޢުދީ ސަރުކާރުން ދެއްވާފައިވެއެވެ. tw:https://twitter.com/Hajjcorporation/status/765493391681527809