ސިޔާސީ

އީ-ވޯޓިންގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި


ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި އީވޯޓިން ކުރިޔަށްގެންދާނަމަ އެ އިންތިޚާބެއްގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ. އީވޯޓީންގައި ބައިވެރިނުވުމަށް އެދި ޤައުމީ މަޖިލީހަށް ޤަރާރެއް ހުށައެޅުއްވީ އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު ޢަލީ ނިޔާޒުއެވެ. އެ ޤަރާރު ފާސްވީ ޖަލްސާގައި ބައިވެރިވި 32 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ތާޢީދާއެކުއެވެ.

އީވޯޓީން ބާއްވާ އިންތިޚާބުތަކުގައި އެމްޑީޕީން ބައިވެރިނުވާން މިއަދު ނިންމާފައިވާއިރު އަންނަ ޖެނުއަރީމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 3 ސަރަޙައްދެއްގައި އީވޯޓިން ތަޢާރަފްކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.