ޚަބަރު

އެފްއޭއެމް އެވޯޑްސް އިއުލާންކޮށްފި


އަލަށް ފެށި ފުޓްބޯޅަ ސީޒަނާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ތައާރަފުކޮށް، އެކަން އިއުލާންކޮށްފިއެވެ.

‎މިއީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދޭ އެވޯޑުތަކެކެވެ.

‎މި ސީޒަންގައި އެވޯޑް ދިނުމަށް އެފްއޭއެމްއިން ހުށަހަޅާފައިވަނީ:

  • އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
  • އެންމެ މޮޅު ފުޓްބޯޅަ ކޯޗު
  • އެންމެ މޮޅު ފުޓްބޯޅަ ކުލަބު
  • 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
  • ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
  • ރަން ބޫޓް (އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ)
  • ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
  • އެންމެ މޮޅު ފުޓްބޯޅަ ރެފުރީ
  • އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ
  • އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
  • އެންމެ މޮޅު ގޯލް


‎އެފްއޭއެމް އެވޯޑްސް އިއުލާންކުރައްވައި އެ އިދާރާގެ ރައީސް އަޙްމަދު ޠާރިޤު ވަނީ އަލަށް ފެށި ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދިވަޑައިގެންފައެވެ.