މި ހަފުތާގައި ފަށާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމަށް މުޙައްމަދު ނަޒީހު ހަމަޖައްސައިފި އެވެ.
ނަޒީހަކީ ކުރިން ވެސް ދެ ފަހަރެއްގެ މަތީން ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަން ކޮށްފައިވާ ފަރާތެކެވެ. އޭނާއާއެކު އެ ޓީމުން މިހާރު ވަނީ ފަރިތަކުރަން ފަށައިފަ އެވެ. ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ.
ނަޒީހަކީ ކުރިން ވިކްޓަރީ އާއި ނިއުރޭޑިއަންޓްގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އާއި ވީބީ ފަދަ ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ.
ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ މެޗުގައި ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ނަޒީހު އޭނާގެ ބޭބެ އަދި ނިއުރޭޑިއަންޓްގެ މިހާރުގެ ކޯޗު އަލީ ސުޒޭނާ ދެކޮޅަށް ނުކުންނާނެ މެޗަށެވެ.
ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޓީސީއާ ދެކޮޅަށެވެ.
ހަތަރު ވަނަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ފަސް ވަނަ މެޗުގައި ވާދަ ކުރާނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ހަ ވަނަ މެޗުގައި ވާދަ ކުރާނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަގު ވިކްޓަރީއާ އެވެ. އެއަށް ފަހު ވާދަކުރާނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ކުލަބު އީގަލްސްއާ ދެކޮޅަށް ވާދަކުރާނެ އެވެ. އަދި ނޮވެމްބަރު 24ގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުމަށް ފަހު ފުރަތަމަ ބުރުގެ ފަހު މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ޔުނައިޓެޑް ވިކްޓަރީ އަކީ މި ސީޒަނަށް ތައްޔާރުވާން އެންމެ ފަހުން ޕްރެކްޓިސް ފެށި އެއް ޓީމެވެ.