މާދަމާއަކ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް ވިދާޅުވިއެވެ.
މާދަމާ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރު ފަހު 14:00 އަށް ކަމަށާއި، އަދި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ.
.2025 ސެޕްޓެންބަރު 4 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ pic.twitter.com/uGkrqI7FOt
— Maldives Immigration (@ImmigrationMV) September 3, 2025
އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއިކޮށްދެއްވާފައެވެ. އަދި މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.